Chief of Defence Force (@CDFofMNDF) header
Chief of Defence Force (@CDFofMNDF) profile picture

Official account of Major General Ibrahim Hilmy. Chief of Defence Force @MNDF_Official.

Maldives
Joined November 2023
Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)Photo by Chief of Defence Force (@CDFofMNDF)
އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ނޭވީ މަނަވަރު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑުގެ ޚިދުމަތަށް ނެރެ، ރަސްމީކޮށް ކޮމިޝަންކޮށްފި. މިކަމަށް ޓަކައި ޖުލައި 27ވަނަ ދުވަހުގެރޭ ހުޅުމާލޭ އެމްޕީއެލް ބަނދަރު ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މި މަނަވަރު ކޮމިޝަންކޮށްދެއްވައި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު. މި ރަސްމިއްޔާތުގައި، އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން މަނަވަރުގެ ރަމްޒީ ހަނދާނެއް ވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދަށް އަރުވާފައި. މި ރަމްޒީ ހަނދާން ހަވާލުކޮށްދެއްވީ، އޮސްޓްރޭލިޔާ ސަރުކާރުގެ ސްޕެޝަލް އެންވޯއީ ފޮރ އިންޑިއަން އޯޝަން، އޮނަރަބަލް ޓިމް ވޮޓްސް. އަދި އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު. މި ރަސްމިއްޔާތުގައި، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވުމަށްފަހު، ޚިދުމަތް ފެށުމުގެ ލިޔުމާއި އަދި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޝިނާން ޒާހިރުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު. އެއަށްފަހު މަނަވަރުގެ އޮފިސަރުންނާއި ކަލާސީން ވަނީ ކޮމިޝަނިންގ ޑްރިލެއް ކުރިއަށްގެންގޮސްފައި. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑުގެ އަރުމާދަށް އިތުރު ކުރެވުނު މި މަނަވަރަށް ދެވިފައިވާ ނަމަކީ "ޢިމާދުއްދީން" . މި ނަމަކީ އުތީމު ދަރިކޮޅުގެ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (ކަޅުތުއްކަލާ / ބޮޑު ރަސްގެފާނު) އަށް ނިސްބަތްކޮށް ދެވިފައިވާ ނަމެއް. އޮސްޓްރޭލިޔާގެ "އޮސްޓަލް ލިމިޓެޑް"އިން ފަރުމާކޮށް ބަނދެފައިވާ މުޅިން އައު މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެކަށޭނެ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭގޮތަށް ބަނދެވިފައިވާ އުޅަނދެއް. @MNDF_Official
14
14
608
އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފި. އެކަމަށް ޓަކައި މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ. މި ރަސްމިއްޔާތުގައި، އެމްއާރުސީސީގެ އައު އިމާރާތުގެ ނަން ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު. ރައީސުލްޖުމްހޫރިއްޔާ ވަނީ "އެމްއާރުސީސީ އޮޕްސްރޫމް" ބައްލަވާލައްވައި، ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައި. އަދި މި ރަސްމިއްޔާތުގައި އެމްއާރުސީސީ އިމާރާތުގެ ގޯތިތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަހެއް އިންދަވައިދެއްވާފައި. މިއަދު ހުޅުއްވައިދެއްވި މި އިމާރާތަކީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާ އެކު 2022ވަނަ އަހަރު ބިންގާ އަޅައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަކްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ވިލަރެސްކޮށްގެން ބިނާކުރި އިމާރާތެއް. އަދި މި އިމާރާތުން ދެވޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. @MNDF_Official
16
18
778
Chief of Defence Force retweeted
ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. 16 ޤައުމަކުން 24 ޓީމު ބައިވެރިވި މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެއް. ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން.
14
247
4
317
13,663
ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ, ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި ފައްޓަވާފައިވާ މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ (ދިވެހި ވަޠަނީ ޚިދުމަތުގެ) ތަމްރީނުގެ ދެވަނަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް މިއަދު ފުރައިފިއެވެ. ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ދެވަނަ ބުރުގައި 112 ރަށަކުން 286 ފިރިހެން އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވާނެއެވެ. ޅ. މާފިލާފުށީގައި ފުރިހަމަކުރާ ތިން މަސްދުވަހުގެ ތަމްރީނުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމާއި، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ އަޚުލާޤާއި ސުލޫކު ރަގަޅު، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ލޭންގުއޭޖް ޕްރޮފިޝެންސީ އާއި، ހަށިހެޔޮކަމާއި. ފެތުމާއި މޫދަށް އަހުލުވެރިވުމާއި، ހެވިކަމާއި، ކުޅިވަރާއި ކަސްރަތާއި އަދި ކޭމްޕިންގ އާއި ފީލްޑް އެކްޓިވިޓީތައް ހިމެނެއެވެ. @MNDF_Official
1
6
6
719
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ކަމުގައިވާ "ގަން އެއަރ ސްޓޭޝަން" ޤާއިމުކޮށް، ޚިދުމަތް ފެށުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފި mndf.gov.mv/mndf/en/news-art…
12
9
2,328
Press Release - Maldives to receive guardian class patrol boat from Australia defence.gov.mv/publications/… @AusHCMV @MNDF_Official
1
55
8
60
20,546
Hon. Minister @mgmaumoon & Deputy Prime Minister & Defence Minister of Australia @RichardMarlesMP signed the Letter of Exchange for hydrographic equipment being gifted to the @MNDF_Official. Both senior officials acknowledged the growing importance of hydrography & the need to develop Maldives’ sovereign capabilities to enable hydrographic surveys. @AusHCMV
4
50
4
59
8,112
Hon. Minister @mgmaumoon & Deputy Prime Minister & Defence Minister of Australia @RichardMarlesMP chaired the round-table discussion on shared strategic & maritime challenges. Senior officials from @AusHCMV, @MNDF_Official & @MoFAmv joined the meeting.
30
1
33
2,561
Hon. Minister @mgmaumoon welcomed the Australia’s Deputy Prime Minister & Minister of Defence @RichardMarlesMP & senior delegation to the Ministry of Defence. Discussion focused on contemporary strategic & security challenges, & avenues for deepening defence cooperation between Australia & Maldives. Senior officials of @AusHCMV, and @MNDF_Official joined the meeting.
1
38
44
4,020
Deputy Prime Minister & Defense Minister of Australia the Honourable @RichardMarlesMP arrives in Maldives on an official visit. He was welcomed by Minister of Defense @mgmaumoon, @AusHCMV, and senior officials of @MNDF_Official and @MoFAmv
1
44
3
57
9,109
Chief of Defence Force retweeted
133 vana Sifainge dhuvahuge thahniya, Sifainge emme mathee veriya, Dhivehi Raajjeyge Izzaitheri Raeesul Jumhooriyya Dr @MMuizzu ashai, Sifainge leadership adhi hivvarugadha Dhivehi Sifainnaai aailaa thakah hithuge fumminun dhannavan. Dhifaaee baaruge askaree qaabiliyyath ithuru koh dhevvan, Raeesul Jumhooriyya Dr Mohamed Muizzu koh dhevvaa bura masahkaippulhah Dhivehi Sifainge nanfulhuga aai Ministry of Defense ge namuga adhi Dhivehi rayyithegge haisiyyathun khudhu alhugandu ge amilla namuga hifehettumeh nethi shukuru dhannavan. “Qaabil Askariyya - Qawmge Fakhuru”.
56
1
85
5,983
Chief of Defence Force retweeted
ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުން. ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން. ދިވެހި ސިފައިންގެ މުއައްސަސާގެ އޭރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވަން. މާތްވެގެންވާ އިސްލާމްދީނާއި، މި ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށި. ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލްކުރުމަށް މިކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރައްވާށި. މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން.
16
309
2
370
30,272
The handover ceremony of the Japanese grant aid of communication and diving related equipment worth 800 million Yen was held in the MNDF Headquarters today. On behalf of Japan government, the equipment was gifted by Ambassador Takeuchi Midori and was received by Minister of Defence @mgmaumoon on behalf of the Madives government. @JapaninMaldives
10
19
1,987
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ކ.މާފުށީގައި ރަސްމީކޮށް ފަށައިފި. mndf.gov.mv/mndf/en/news-art…
6
17
5,824
MNDF is honored to welcome Rear Admiral Jeromy William, Commander of SOCPAC-US Navy, for fruitful discussions with MNDF leadership, further strengthening mutual security and fostering collaboration.
1
16
1
34
8,605
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އައްޔަންކުރައްވައިފި.
1
21
1
56
7,795
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އައްޔަން ކުރައްވައިފި. mndf.gov.mv/mndf/en/news-art…
28
2
61
7,814
ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި. mndf.gov.mv/mndf/en/news-art…
1
15
3
58
8,762
Minister of Defence @mgmaumoon meets Sri Lankan State Minister of Defence Honorable Premitha Bandara Tennakoon. Discussions were focused on regional strategic and security dynamics, defence cooperation between Sri Lanka and the Maldives & identifying new avenues for joint collaboration. @MNDF_Official @SMODSriLanka @LKDefence @CDFofMNDF
12
12
3,644
Minister of Defence @mgmaumoon today met with Major General Zhang Baoqun, Deputy Director of the Office for International Military Cooperation of the People's Republic of China, to discuss enhancing defense cooperation between the Republic of Maldives and China.
3
10
2
29
9,398