ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންއައި ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ތިނަދޫ ސިޓީގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން މިރޭ ވަނީ އެ ސިޓީއަށް ޒިޔާރަތްކުރައްވާފައި.
ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައި. މި އާ އިންޖީނާއެކު އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެފައި. މީގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ.
އދ. މަހިބަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައި މައްސަލަތައް ހައްލުކޮށް، އެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި އެކު މިއަދުވަނީ ސޮއިކޮށްފައި. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޢަލީ ޝަރީފް. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު
ފުވައްމުލައް ސިޓީގެ ކްރިޓިކަލް އިންފްރާސްޓަރަކްޗަރގެ ގޮތުގައި ހިމެނޭ ހޮސްޕިޓަލާއި އެއާޕޯޓުގެ ކަރަންޓުގެ ހާލަތު ބައްލަވާލެއްވުމަށް، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ މިއަދު އެ ތަންތަނަށް ޒިޔާރަތްކުރައްވާފައި. މި ޒިޔާރަތުގެ ތެރެއިން، އެ މަރުކަޒުތަކަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ތަންތަނުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާކުރައްވާފައި.
މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ބައެއް އިސްވެރިން މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި އަލަށް އަޅަމުންދާ ޢިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައި.
ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވުމަށްފަހު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ އެ ސިޓީގެ ސްޓެލްކޯ އޮފީހަށް ޒިޔާރަތްކުރައްވާފައި. މި ޒިޔާރަތުގައި، އޮފީހުގެ މަސައްކަތްތައް ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާ، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައި.
ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް. އަދި ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށް، ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި.
ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށްޓަކައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ބައެއް އިސްވެރިން އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާ މިރޭ ވަނީ ބައްދަލުކުރައްވާފައި. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯއަކީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިގު އަދި ފަޚުރުވެރި މާޒީއެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ވަނީ އެދިވަޑައިގެންފައި. މީގެއިތުރުން، މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤާއި ސުލޫކު ސްޓެލްކޯގެ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށާއި، ކުންފުނީގައި ޤާއިމުކުރެވިފައިވާ ހަރުދަނާ އުސޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައި.
ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ރަސްމީކޮށް ޙަވާލުވުމަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ބައެއް އިސްވެރިން އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އެ ރަށުގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވަނީ ބައްލަވާލައްވާފައި. އަދި އިންޖީނުގެއާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ޓެކްނިކަލް ޓީމާއެކު ވަނީ މަޝްވަރާކުރައްވާފައި.
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންއައި ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ފުވައްމުލައް ސިޓީގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން މިއަދު ވަނީ އެ ސިޓީއަށް ޒިޔާރަތްކުރައްވާފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
ކުންފުނިން ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ޙަވާލުވުމަށްފަހު، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ އިސްވެރިން ވަނީ އެ ސިޓީގެ އޮފީހާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވާފައި. މި ޒިޔާރަތުގައި، އިންޖީނުތަކުގެ ޙާލަތާއި ކަރަންޓު އުފެއްދުމުގެ ނިޒާމު ހުރިގޮތް ވަނީ ބައްލަވާލައްވާފައި.
ސްޓެލްކޯއިން ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ކުޅުދުއްފުށި ސިޓީ ގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށް. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށްވެސް ޑރ. އަޒުވަރު ވަނީ ވިދާޅުވެފައި.
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންގެންދިޔަ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ހދ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރައްވާފައި.
ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ޙަވާލުވުމަށް އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އިސްވެރިންގެ ޓީމުން މިއަދު ވަނީ ހއ. ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިންގ ޕްލާންޓް މަސައްކަތް ގޮސްފައިވާ ހިސާބު ވަނީ ބައްލަވާލައްވާފައި.
ހއ. އަތޮޅަށް ކުންފުނީގެ ބައެއް އިސްވެރިން ކުރަމުންގެންދާ ދަތުރުފުޅުގެ ތެރެއިން، ހޯރަފުށި އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވަވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު.
ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ޙަވާލުވުމަށް އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އިސްވެރިންގެ ޓީމުން މިއަދު ވަނީ ހއ. ތުރާކުނު އިންޖީނުގެއާއި އާރް.އޯ ޕްލާންޓް ބައްލަވާލައްވާފައި. މި ޒިޔާރަތުގައި ތުރާކުނުގައި ޤާއިމުކުރެވިފައިވާ ކަރަންޓާއި ފެނުގެ ޚިދުމަތްތަކުގެ ޙާލަތު ވަޒަންކުރައްވައި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައި.
ހއ. އަތޮޅަށް ކުންފުނީގެ ބައެއް އިސްވެރިން ކުރަމުންގެންދާ ދަތުރުފުޅުގެ ތެރެއިން، ތުރާކުނު އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވަވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު.








































































